ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ގޭގައި އަލިފާން ރޯކޮށްލުމަށް ބަޔަކު މަސައްކަތްކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު އަސްލަމްގެ އަނބިކަނބަލުން އައްޑޫގައި ދިރިއުޅުއްވާ ގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފައިވަނީ، އެގޭގެ ދޮރުތަކަށް ތެޔޮ އެޅުމަށްފަހުއެވެ. ނަމަވެސް އެވަގުތު ވާރޭ ވެހެމުން ދިއުމުގެ ސަބަބުން އަލިފާންގަނޑު ވަނީ ނިވިފައެވެ. https://twitter.com/xahidcreator/status/1445613095959728136
މެމްބަރު އަސްލަމްގެ ގޭގައި ރޭގެ ވަގުތެއްގައި ރޯކޮށްލަން މަސައްކަތް ކޮށްފައިވަނީ، ހިތަދު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މެމްބަރު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށްބުނާ މައްސަލައެއްް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.