1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ނަރުހުންގެ ފަރާތުން ޓީޗަރުންނަށް ޚާއްސަ ހަދިޔާއެއް

1443-02-28 10.45.44
ހުވަދޫ ނިއުސް ޓީމް
1,019ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތިނަދޫ ގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންގެ ފަރާތުން ތިނަދޫ ގައި ކިޔަވައިދޭ ހުރިހާ ޓީޗަރުން ނަށް ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރުމަށް ޚާއްސަ ކޭކު ތަކެއް ހަދިޔާ ކޮށްފިއެވެ.

viber_image_2021-10-06_10-51-53-335

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނާސިން ޑިޕާޓްމަންޓްގެ ހެޑް ޒޫނާ ނިޒާރް ވިދާޅުވީ މިއަދު ހެނދުނު ތިނަދޫގެ ސްކޫލް ތަކާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސްގައި ކިޔަވައިދޭ މުދައްރިސުންނަށް ދެވުން ޚާއްސަ ކޭކަކީ ދެ ދާއިރާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި އެކުވެރިކަން އާލާ ކުރުމުގެ މަޤްޞަދުގައި މުދައްރިސުންގެ ދުވަހާއި ގުޅިގެން "ސަރޕްރައިޒް" އެއްގެ ގޮތުގައި ދިން ތަހުނިޔާގެ ހަދިޔާ އެއްކަމަށެވެ.

300 × 250
1443-02-28 10.46.11

ޒޫނާ ނިޒާރު އިތުރަށް ވިދާޅުވީ މިއަދު ހަދިޔާ ކުރި ކޭކުތައް، އެމުވައްސަސާތަކަށް ގޮސް ޙަވާލު ކުރުމަށް ފަހު މުދައްރިސުންނާއެކު ވާހަކަ ދައްކައި ޚިޔާލު ބަދަލު ކުރުމަށް ވަގުތު ކޮޅެއް ހޭދަ ކުރިކަމަށެވެ.

"އަޅުގަނޑުމެންގެ ޙަޤީޤީ ބޭނުމަކީ މި 2 ދާއިރާ އަކީ ވެސް ޤައުމީ ބުރަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ބަޔަކަށް ވާތީ އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި އޮތް ގާތްކަން ޙިއްސާކުރުން" ޒޫނާ ވިދާޅުވިއެވެ.
1443-02-28 10.46.19

ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހުރިހާ ނަރުހުންގެ ފަރާތުން މުދައްރިސުންނަށް ހަދިޔާ އެރުވުމަށް މިއަދު ޙަރަކާތްތްތަކެއް ކުރިޔަށް ގެންގޮސްފައި ވާއިރު ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައާއި މުޅި ރާއްޖޭގައި މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ވަރަށް ތަފާތު ގިނަ ކަންތައްތަކެއް ވަނީ އިއްޔެ ކުރިޔަށް ގެންގޮސްފައެއެވެ. ޓީޗަރުންގެ ދުވަހަކީ އޮކްޓޫބަރ މަހުގެ 5 ވަނަ ދުވަހެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި