1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިލޭ ދަތުރުކުރުމާއި ފަޅުރަށްތަކުގައި ކޭމްޕް ކުރުމުގެ ފުރުސަތުތަކާއެކު ރަށު އެކްސްޕޯ 2025 ކޮލަމާފުށި ސްޓޯލް!

WhatsApp Image 2025-02-12 at 11.33.51
ގއ. ކޮލަމާފުށި
ފާތިމަތު އިޝާ
1,867ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރަށު އެކްސްޕޯ 2025 ގައި ބައިވެރިވާ ކޮލަމާފުށީގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މީގެ ތެރޭގައި ދެ މީހަކަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތާއި، ކެއުމުގެ އިންތިޒާމުތަކާއި އަދި ފަޅުރަށްތަކުގައި ކޭމްޕް ކުރުމުގެ ފުރުސަތު ހިމެނެއެވެ.

WhatsApp Image 2025-02-12 at 12.13.30ރަށު އެކްސްޕޯ 2025 ގައި ކޮލަމާފުށިސްޓޯލް

300 × 250

މި އަހަރުގެ ފެބްރުއަރީ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި، ކޮލަމާފުށީގެ ސްޓޯލްގައި މަޝްހޫރު ޑައިވަރ ސެންޑީ ބައިވެރިވެ، އޭނާގެ ހުވަދޫގެ ދަތުރުތަކުގައި، ހާއްސަކޮށް ކޮލަމާފުށިން ލިބުނު ތަޖުރިބާތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

WhatsApp Image 2025-02-12 at 11.34.14ރަށު އެކްސްޕޯ 2025 ގައި ކޮލަމާފުށިސްޓޯލް

ހުވަދު އަތޮޅުގެ ވަކި ރަށެއްގެ ގޮތުގައި އޮންނަ ކޮލަމާފުއްޓަކީ، ރަށުގެ ދެފަރާތުގަޔާއި ކުރިމަތީގައި ގިނަ އަދަދެއްގެ ފަޅުރަށްތައް އޮންނަ ރަށެކެވެ. އަދި ހުވަދޫ ކަނޑު ހުރަސްކޮށް ހުވަދު އަތޮޅަށް ވަންނައިރު ފެންނަ ފުރަތަމަ މީހުން ދިރިއުޅޭ ރަށަކީވެސް ކޮލަމާފުށްޓެވެ.

ރާއްޖޭގައި މިހާރު އޮތް ހަމައެކަނި ހޯރަ އަރާ ރަށް ކަމުގައިވާ 'ހިތައިދޫ' އަށް ތިރިކުރާ ހޯރަތައް ބަލައިލުމުގެ ފުރުސަތުވެސް ދެ ފަރާތަކަށް ހިލޭ ލިބިގެންދާނެ ކަމަށް ކޮލަމާފުށީ ކައުންސިލުން މަޢުލޫމާތު ދެއެވެ.

WhatsApp Image 2025-02-12 at 12.17.18ރަށު އެކްސްޕޯ 2025 ގައި ކޮލަމާފުށިސްޓޯލް

"ދަ ޓްރެވަލް ގައިޒް" އިން އިންތިޒާމްކުރާ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ޤުދުރަތީ ރީތިކަމާއި، އަގުހުރި ސަގާފަތް އެއްތަނަކުން ދައްކުވައިދިނުމާއި، އަތޮޅުތަކުގެ ވަކިވަކި ރަށްތައް ފަތުރުވެރިކަމުގެ މަންޒިލުތަކެއްގެ ގޮތުގައި އިޝްތިހާރުކޮށް، ރަށްފުށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި