1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެއަރޕޯރޓުގައި ނުރައްކާތެރި އެކްސިޑެންޓެއް: ކޮންޓްރޯލުން ނައްޓައިގެން ދިޔަ ކާރެއް ދެމީހެއްގެ ގައިގައި

ދ
އެކްސިޑެންޓްވި ކާރު އެކްސިޑެންޓް ހިގި ސަރަޙާއްދުގައި- ފޮޓޯ: އެމްވީ ކްރައިސިސް
ހުވަދޫ ނިއުސް ޓީމް
875ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުގައި ދުއްވާފައި ދިޔަ ދިރާގު ކުންފުނީގެ ކާރެއް ކޮންޓްރޯލުން ނެއްޓިގޮސް، ދެމީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މީގެ ގަޑިއެއްހާއިރު ކުރިން ހިގައިފިއެވެ.

މިއަދު މެންދުރުފަހު ހިނގި މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ބުނީ ކޮންޓްރޯލުނުވެން ގޮސް ވޯކްވޭ ފެންސްގައި ޖެހި ފެންސްފަޅާލާފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަކީ ވެސް ތިން ފިރިހެނުން ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

މި އެކްސިޑެންޓް ހިނގިވަގުތުގެ ވީޑިއޯ ސޯޝަލް މީޑިޔާގައި ވަނީ އާއްމުވެފައި އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އެކްސިޑެންޓްވެފައިވަނީ ދިރާގުގެ ކާރެކެވެ. އަދި އެ ކާރު ތެރެއިން ކާރު ދުއްވަން އިން ދިރާގުގެ ޔުނީފޯމްގައި އިން މީހަކު ނެރޭތަން ފެނެ އެވެ. މީގެ އިތުރުން އެ ކާރުން ޖެހިފައި ދެ މީހަކު ކާރު ކައިރި ވެއްޓިފައި އޮއްވާ ވެސް މި ވީޑިއޯތަކުން ފެނެ އެވެ.

300 × 250

އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ވޯކްވޭ ފެންސްގައި ޖެހި ފެންސް ފަޅާފައި ގޮސް ވޯކްވޭ މައްޗަށް އަރާ އެކްސިޑެންޓެއް ހިނގީ މިއަދު މެންދުރު ފަހު 3:28 ހާއިރުއެވެ.

މި އެކްސިޑެންތްގައި 3 މީހަކަސް އެކި ވަރުގެ އަނިޔާވެފައި ވާ ކަމަށާއި އަނިޔާ ވެފައި ވަނީ 3 ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެއެވެ. އެ ތިން މީހުންނަށް ވެސް އެއާޕޯޓް މެޑިކަލް ޕޮއިންޓްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ދިވެހިންނަށް ކަމެއް ނުވަތަ ގެސްޓުންނަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެކްސިޑެންޓްވި ކާރަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި