1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދީނީ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް އިސްލާމިކް މިނިސްޓްރީ އިން ބާއްވަނީ

islamic minister
ހުވަދޫ ނިއުސް ޓީމް
550ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނާއި ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ މަގްސަދުގައި ދީނީ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި މުބާރާތާއި ގުޅިގެން، އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނުގައި ވާގޮތުން، މި މުބާރާތަކީ ސޯސަލް މީޑިއާ މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ޝައުގުވެރި ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާއީ މެސެޖުތަކާއި ނަސޭހަތް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި، އިސްލާމީ ސަގާފަތާއި އާދަކާދައިގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ހުށަހެޅުމަށް 5 ކެޓެގަރީވާ ހަމަޖެހިފައިވާއިރު މި މުބާރާތުގައި 10 ވަނަ އެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

300 × 250

ހުށައެޅުމަށް ހަމަޖެހިފައިވާ ކެޓެގަރީތައް:

މި މުބާރާތުން 1 ވަނަ އަށް ދާ ފަރާތަށް 5000 ރުފިޔާ، 2 ވަނަ އަށް ދާ ފަރާތަކަށް 4000 ރުފިޔާ އަދި 3 ވަނަ އަށް ދާ ފަރާތަކަށް 3000 ރުފިޔާ ދިނުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން މި މުބާރާތުން 4 ވަނައިން ފެށިގެން 7 ވަނަ އަށްދާ ފަރާތަށް 2000 ރުފިޔާ އަދި 8 ވަނަ އިން ފެށިގެން 10 ވަނަ އަށްދާ ފަރާތަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ރަޖިސްޓްރީ ވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ނޮވެންބަރު 14، 2021 ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ކްލިޕްގެ ސީޑީ އެ މިނިސްޓްރީއަށް ހުށައެޅުމަށްވެސް ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީއިން އިތުރަށް ބުނީ، މި މުބާރާތުގެ އުސޫލާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު، އެ މިނިސްޓްރީގެ ވެބްސައިޓްއިން އަދި އެ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި