މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ބާވެފައިވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތްތަކާއި ހަދީސްތައް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް އަހަރަކު ދެފަހަރު ނައްތާލުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ބުރުގައި މި ފަދަ ތަކެތި ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މި މަހުގެ 16 އިން 28 އަށެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ވޭސްޓް ސެކްޝަނުގައެވެ.
ކައުންސިލުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވަނީ ފަލަސްތީން ހިނގުމުގައި ހުންނަ ވޭސްޓް ސެކްޝަނުގައި ޚާއްޞަ މޭޒެއް ބަހައްޓައިގެންނެވެ. އަދި ނައްތާލަން ބޭނުންވާ ތަކެތި މި މޭޒަށް ގެނެސް ހަވާލުކުރުމަށް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލުން އަހަރަކު ދެފަހަރު ކުރިއަށް ގެންދާނެ މަސައްކަތެއްކަން ފާހަގަކޮށްފައިވެއެވެ. މިއީ ދީނީ ގޮތުން މުހިންމު ލިޔެކިޔުންތަކާއި ފޮތްތައް އެކަށީގެންވާ ގޮތެއްގައި ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.