އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު (ވަމީ) ގުޅިގެން ކުރިއަށްގެންދާ ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިންނާ، ނަބަވީ ޙަރަމްފުޅުގެ މުއައްޒިން، ފަޟީލަތުއްޝައިޚު ޑރ. އިޔާދު ޝުކުރީއާ ބައްދަލުކުރައްވައިފިއެވެ.
ފަޟީލަތުއްޝައިޚު ޑރ. އިޔާދު ޝުކުރީ ވަނީ ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިންނާ ވާހަކަފުޅު ދައްކަވައި އެހާމެ ހާއްސަ ނަސޭހަތުގެ ބަސްކޮޅެއް ވިދާޅުވެފައެވެ.
މި މަހުގެ 14 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ރާއްޖޭގެ އެކި މަރުކަޒުތަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން، އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން، ސީއެޗް.އެސް.ސީ، ވިލާ ކޮލެޖު، ޒިކުރާ ކޮލެޖު، ހިރާ ސްކޫލް އަދި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނާއި ފާހަގަކޮށްލެވޭ ބައެއް ޒުވާން ޚަޠީބުން ހިމެނެއެވެ.
ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިންނާ، ނަބަވީ ޙަރަމްފުޅުގެ މުއައްޒިން، ފަޟީލަތުއްޝައިޚު ޑރ. އިޔާދު ޝުކުރީއާ ބައްދަލުކުރައްވައިފި
ދަތުރުގެ ތެރޭގައި ބައިވެރިން ވަނީ އިސްލާމީ ދުނިޔޭގައި އިސްލާމީ ތަޢުލީމުދޭ އެންމެ ބޮޑު ޔުނިވަރސިޓީ ކަމަށްވާ މަދީނާ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތްކޮށް، އެތަނުގެ ތަޢުލީމީ ހަރަކާތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މީގެއިތުރުން މަސްޖިދުއްނަބަވީއަށާއި، ޤުބާ މިސްކިތަށާއި، އުޙުދުގެ މައިދާނަށް އަދި މަދީނާގައި ހުންނަ އިސްލާމީ މައުރަޒަށްވެސް ޒިޔާރަތްކުރައްވާފައިވެއެވެ.
ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިންނާ، ނަބަވީ ޙަރަމްފުޅުގެ މުއައްޒިން، ފަޟީލަތުއްޝައިޚު ޑރ. އިޔާދު ޝުކުރީއާ ބައްދަލުކުރައްވައިފި
މި ޒިޔާރަތްތަކުގައި ބައިވެރިންނަށް ވަނީ ނަބިއްޔާގެ ޙަޔާތްޕުޅާ ގުޅޭ މުހިންމު މަޢުލޫމާތުތަކާއި، މަސްޖިދުއްނަބަވީއަށް އައިސްފައިވާ ބަދަލުތަކުގެ މަޢުލޫމާތު ލިބިވަޑައިގެންފައެވެ. މި ދަތުރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރައްވާފައިވާ އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން، ދިވެހި ޒުވާނުންނަށް އިސްލާމީ ތަޢުލީމާއި ޘަޤާފަތުގެ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ދަތުރެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.