މި އަހަރުގެ ރަމަޞާން މަހުގެ ހަދިޔާގެ ގޮތުން ގއ ދާންދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް 2 މަސް ދުވަހުގެ ކުނި ނެގުމުގެ ފީ މާފްކޮށްދީފިއެވެ.
މިކަން ނިންމައި ދާންދޫ ކައުންސިލުން ނެރުނު އާންމު އިއުލާނުގައި ބުނެފައިވަނީ ކުނި ފީގެ ގޮތުގައި ރައްޔިތުންގެ އަތުން ނަގަމުންދާ ފީ މިއަރުގެ މާޗް އަދި އޭޕްރިލް މަހަށް މާފް ކޮށްދިނުމަށް އެކައުންސިލްގެ 4 ވަނަ ދައުރުގެ 195 ވަނަ އާންމު ބައްދަލުވުމުން ނިންމާފައި ކަމުގައެވެ. މި ނިންމުމާއި އެއްގޮތަށް ކުރިއަށް އޮތް 2 މަސް ދުވަހުގެ އެރަށުގެ ރައްޔިތުންގެ އަތުން ކުނި ފީ ނުނަގާނެއެވެ.
ގއ ދާންދޫ ކައުންސިލްގެ ރައީސް ރައްޔިތުންނާއިއެކު
1500 އެއްހާ މީހުން ދިރިއުޅޭ ދާންދޫގެ ކުނި ނެގުމާއި މެނޭޖް ކުރުން ކުރިއަށް ދަނީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމުގެ ގާނޫނުުގެ ދަށުން ރަށްރަށުގެ ކުނި މެނޭޖް ކުރުމުގެ މަސްއޫލިއްޔަތު އޮންނަނީ އެރަށެއްގެ ރަށުކައުންސިލާއި މަތިކޮށްފައެވެ.
ގއ ދާންދޫ
މިކަމާއި ގުޅިގެން ދާންދޫ ކައުންސިލްގެ ރައީސް އާސިފް ހުވަދޫ އަށް ވިދާޅުވީ މިއީ އެރަށުގެ ރައްޔިތުންނަށް ލުއި ކުރުމުގެ ގޮތުން ކަަައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކަމެއްކަމަށެވެ. އަދި ބަރަކާތްތެރި ރަމަޞާން މަހަށް ކައުންސިލުން މިފަދަ ނިންމުންތައް ނިންމާ ކަމަށްޓަކައި ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވާކަމުގައެވެ. އަދި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށްވެސް ޝުކުރު ދަންނަވާކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.