އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިވުމާއި އެއްބާރުލުމަށް ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޢާމިރު އަޙްމަދެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސެންޓަރ ފޮރ އަރކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު ތަމީމީއެވެ. މި އެއްބަސްވުމުގެ ދަށުން؛

  • އަރުޝީފުކުރުން
  • އަރުޝީފީ ތަކެތި އިންޑެކްސްކުރުން
  • ރައްކާތެރިކޮށް ބެލެހެއްޓުން
  • ފޮޓޯއާއި ޗާޓާއި އޯޑިއޯވިޝުއަލްސް ބެލެހެއްޓުން
  • ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުންކުރެވޭ ހާލަތަށް ގެނައުން
  • މި ދާއިރާތަކުން މީހުން ތަމްރީނުކުރުން
  • އަރކައިވްކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭގޮތުން އައު ޢިލްމާއި ތަޖުރިބާ ހިއްސާކުރުން
  • ސްޕެޝަލިސްޓުން ތަމްރީނުކުރުން

މި ބައިތައް ހިމެނޭގޮތަށް ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.