މާލޭގެ އެކި ސަރަހައްދުތަކުން ބަލިވެފައިވާ އަދި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން މި މައްސަލަ ބަލަން ފަށައިފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން، މި ކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ޖުމްހޫރީ މައިދާނުގައި ގިނަ އަދަދަކަށް އެއްވާ ކޮތަރުތަކުގެ ތެރެއިން ބަލިވެފައިވާ ކޮތަރުތަކުގެ ސާމްޕަލް ވަނީ ނަގާފައި،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
https://twitter.com/MAAWmv/status/1892550359371125121?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1892550359371125121%7Ctwgr%5Ee773cd7b614407e613f45ce725cf766ff00ae15c%7Ctwcon%5Es1_&ref_url=https%3A%2F%2Fsababu.mv%2Fnews%2F24495
މީގެ އިތުރުން، ކޮތަރުތަކަށް ދިމާވެފައިވާ މައްސަލައިގެ ސަބަބު ދެނެގަނެވުމުން، އެ މަޢުލޫމާތު ވީހާވެސް އަވަހަކަށް އާންމުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.