ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސްތައް ބެހުމަށް އޮންލައިން ޓޯކަން ނިޒާމެއް ތަޢާރަފުކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމީ ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބެހުން ފެށުމާއެކު، އެކި ސަރަޙައްދުތަކުގައި ގިނަ ބަޔަކު ދިގު ވަގުތުތަކެއް ވަންދެން ކިއުގައި ޖެހުނެވެ. މިކަމާ ގުޅިގެން ގިނަ ރައްޔިތުންތަކެއްގެ ޝަކުވާ އުފުލުމާ ގުޅިގެން، މިނިސްޓްރީން ވަނީ މިކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މިނިސްޓްރީގެ ބަޔާނެއްގައި ވިދާޅުވެފައިވަނީ، "ކިއުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެ" ކަމަށެވެ. މީގެ އިތުރުން، "މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް، ވަކި މަރުކަޒަކުން ޓޯކަން ނެގޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ" ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއްވިއެވެ.
މަސްދަޅުކޭސް ދޫކުރާނެ ތަންތަނާއި ދޫކުރާނެ ޓޯކަންގެ އަދަދު:
- * މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން
- * އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން
- * ހެންވޭރު ދަނޑު: 100 ޓޯކަން
- * ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން
- * ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން
- * ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން
- * ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން
- * ސޯޝަލް ސެންޓަރު : 100 ޓޯކަން
- * ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން
- * ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން
- * ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން
- * ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން
- * ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން
މަސްދަޅު ކޭސް ބަލައިގަތުމަށް އަންނައިރު، އައިޑީ ކާޑާއި އެއް މަހުގެ ކަރަންޓު ބިލް ގެންނަން ޖެހޭނެއެވެ. އެކަކަށް އެންމެ ގިނަވެގެން ދޫކުރެވޭނީ ތިން މަސްދަޅު ކޭހެވެ. މަސްދަޅު ކޭސް ބެހުން ކުރިއަށްދާނީ ކޮންމެ ރެއެއްގެ 8:00 އިން ފެށިގެން ދަންވަރު 12:00 ޖަހަންދެނެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމްލަ 13 މަރުކަޒެއްގައި މަސްދަޅު ކޭސް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަރުކަޒުތަކުގައި ކޮންމެ ދުވަހަކު 50 އިން ފެށިގެން 200 އާ ހަމައަށް ޓޯކަން ނަންބަރުތައް ދޫކުރެވޭނެއެވެ. މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ، "ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރެވެންދެން މި މަސައްކަތް ކުރިއަށް ގެންދާނެ" ކަމަށެވެ. އަދި ފޯނު ފަދަ ޓެކްނޮލޮޖީ ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށް ވެސް ފަސޭހައިން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއްވިއެވެ. މިނިސްޓްރީން ވިދާޅުވީ، "މިފަދަ ކަންކަމުގައި ހުރިހާ ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުވެރިވާ ހާލު، ސަރުކާރުގެ އަމާޒަކީ ވީ އެންމެ ލުއި ފަސޭހަ ގޮތެއްގައި ރޯދަ ހަދިޔާ ފޯރުކޮށްދިނުން ކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ." މި އަހަރުގެ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބިނާކޮށެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައެވެ. އޭގެ ތެރޭގައި ކޮންމެ ގެއަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެއް ހިމެނެެނެއެވެ. މީގެ އިތުރުން، ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.