ރޯދަ ހަދިޔާގެ މަސްދަޅު ކޭސް ނެގުމަށް ޓޯކަން ސިސްޓަމް ތަޢާރަފުކޮށްފި އެވެ. ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ޓޯކަންއެއް މެދުވެރިކޮށް ނެގޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖަސާފައެވެވެ. މި ނިޒާމުގެ ދަށުން، ރައްޔިތުންނަށް ފަސޭހަކަސޭހަކަމާއެކު މަސްދަޅު ކޭސް ނެގުމަށް ޚާއްސަ ޕޯޓަލްއެއް ރޯދަ ހަދިޔާ ވަނީ ގާއިމްކޮށްފައެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދު ހަވީރު 6:00 ގެ ފަހުން ޕޯޓަލްގައި ހިމެނޭ ކޯޑު ސްކޭންކޮށްގެން، މަސްދަޅު ކޭސް ނަގަން ބޭނުންވާ މަރުކަޒަކާއި ވަގުތު އިޚްތިޔާރުކޮށް ޓޯކަންއެއް ނެގިދާނެއެވެ. މީގެ އިތުރުން، ހޫނުގަދަ މޫސުމަށް ރިޢާޔަތްކޮށް، މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 8:00 އިން 12:00 އަށްކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ. މަސްދަޅު ކޭސް ދޫކުރުމަށް މާލެ ސަރަހައްދުގައި 13 މަރުކަޒެއް ޤާއިމްކޮށްފައިވާއިރު، މީގެ ތެރޭގައި
- މިފްކޯ ކޮމްޕްލެކްސް،
- އެމް.ޓީ.ސީ.ސީ ސޯމިލް،
- ހެންވޭރު ދަނޑު،
- ގަލޮޅު ދަނޑު،
- ސޯޝަލް ސެންޓަރު،
- ވިލިމާލެ
- ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނެއެވެ. ކޮންމެ މަރުކަޒަކުންވެސް ވަކި އަދަދަކަށް ޓޯކަން ދޫކުރެވޭނެއެވެ.
މަސްދަޅު ކޭސް ނެގުމަށް އަންނައިރު، އައި.ޑީ. ކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންނަންޖެހޭނެކަމަށް ވުޒާރާއިން އަންގަވާފައިވެއެވެ. އަދި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރެވޭނީ 3 މީޓަރަށްވާ 3 މަސްދަޅު ކޭހެވެ. ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ފުރަތަމަ ދުވަހު މާލެ ސަރަހައްދުގެ 9,394 ގޭބިސީއަކަށް މަސްދަޅު ކޭސް ބަހާފައިވެއެވެ. އަދި ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބެންދެން ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ސަރުކާރުން ވަނީ ޔަގީންކަން ދެއްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.