މި އަހަރުގެ ޤައުމީ ދުވަހު ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީން ދެއްކީ މުޅިން ތަފާތު މަންޒަރެކެވެ.
ތިނަދޫ ޑަބްލިއު.ޑީ.ސީ މިއަދު ހަވީރު މިއުޒިއަމް ޕާކުގައި ކުރިޔަށް ގެންގޮސްފައިވަނީ ފޮޓޯ ސެޝަނެކެވެ. ރަށުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ފޮޓޯ ސެޝަނާ ބެހޭ ގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވުމަށް ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ޖީޒާ ޙަސަން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި މުހިއްމު ބައެއްގެ ގޮތުގައި ޚާއްޞަކުރީ ޤައުމީ ރޫޙު ދިރުވައިދިނުކަމަށާއި އެގޮތުން ފޮޓޯ ސެޝަން ގައި ބައިވެރިވި އެންމެން ވެސް ދިވެހި ޞާޤާފީ ނުވަތަ ޤައުމީ ހެދުމާއި ދިވެހި ދިދަ ބޭނުން ކޮއްފައި ވާނެ ކަމަށެވެ.
" ވަރަށް ހިތްހަމަ ޖެހުނު ތަފާތު އުމުރު ފުރާގެ މީހުން ބައިވެރިވީމަ. މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާލަން މި ފުރުސަތު ގައި ބޭނުން" ޑަބްލިޔު ޑީ ސީ ރައީސާ ވިދާޅުވިއެވެ.

ރައީސާ ވިދާޅުވީ މިއަދު ބޭއްވި ހަރަކާތަކީ ވަރަށް ކުއްލި ގޮތަކަށް އިންތިޒާމް ވި ކަމެއް ކަމަށް ވީ ނަމަވެސް ފެނިގެން ދިޔައީ ޤައުމީއްޔަތެއްގެ އުފާވެރި މަންޒަރެއް ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.