ދ. ހުޅުދެލީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސް ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހުޅުދެއްޔަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެ ޚިދުމަތް ބޭނުންކުރައްވައި ފައިސާ ނަންގަވައިފައެވެ. އަދި މި މުނާސަބަތުގައި ރައީސްގެ ފަރާތްޕުޅުން ހުޅުދެލީ ކައުންސިލަށް ހަނދާނީ ކާޑެއް ހަވާލުކޮށްދެއްވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މި ގޮތުން ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.