އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ފެންވަރު ރަނގަޅުކޮށްދޭ އަދި ސަލާމަތީ ޚިދުމަތްތަކަށް ޚާއްސަ މަޝްރޫޢުތައް ބިޑުނުކޮށް ބަޔަކާ ހަވާލުކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިދީފިއެވެ. މިއީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެވުނު އިސްލާހެއްގެ ދަށުން ލިބިދެވުނު ބާރެކެވެ.
މި އިސްލާހުގެ ދަށުން، ކަމާ ގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، އެ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމެޓީއަކުން ކަނޑައަޅާ މަޝްރޫޢުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިއަށް ގެންދެވޭނެއެވެ.
އަދި "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް" ގެ ތެރެއިން ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، ވަޒީރުންގެ މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން ވަކި މަޝްރޫޢެއް ހަވާލުކުރުމަށް ނިންމައިފިނަމަ، ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
މީގެއިތުރުން، އިސްތިސްނާ ދެވޭ މަޝްރޫޢު ހަވާލުކުރެވޭ ކުންފުނީގެ މާލީ ޤާބިލުކަން ކަށަވަރުކުރުމުގައި މިނިސްޓްރީން ކަނޑައަޅާ ޚާއްސަ މިންގަނޑެއް ބޭނުންކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.