ގއ ކަނޑުހުޅުދޫ ސީހޯސް ދޯނިން އެރަށުގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ކަނޑުމަސް ފޯރުކޮށްދީފިއެވެ. ސީހޯސް ދޯނީގެ ކެޔޮޅު ރަޝީދު ހުވަދޫ އަށް ވިދާޅުވީ ކޮންމެ ރޯދަ މަހަކަށް އެދޯނިން ރަށުގެ ރައްޔިތުންނަށް ކަނޑުމަސް ފޯރުކޮށްދެއްމުންދާ ކަމަށެވެ. އެގޮތުން ނިމިދިޔަ ރޯދަ މަހު ދޯނި މަރާމާތަށް މަޑުޖެހުމުން އެރޯދަ މަހުގައި ކަނޑު މަސް ފޯރުކޮށްނުދެވުނު ކަމަށެވެ. އެހެންނަމަވެސް އޭގެ ކުރީ ރޯދަމަހު 3 ބުރުގެ މަތިން 4 ވަރަކަށް ޓަނު މުޅި ރަށަށް ބަހާފައިވާ ކަމަށެވެ. މި ރޯދަ މަހުގައި ވެސް 2 ފަހަރަށް ނޫނީ 3 ފަހަރެއްގެ މަތިން މުޅި ރަށަށް ކަނޑުމަސް ފޯރުކޮށްދޭނެކަމަށް ރަޝީދު ވިދާޅުވިއެވެ.
މިއީ ބަރަކާތްތެރި ރަމަޟާން މަހަށް ދޯނީގެ ހުރިހާ ފަޅުވެރިން އަބަދުވެސް ބޭނުންވާ ކަމެއް. އަޅުގަނޑުމެންގެ ފަޅުވެރިން ހުރިހާ ގެއަކަށް ވަކިވަކިން ގޮސް ކަނޑު މަސް ހަވާލުކޮށްދެނީ- ކެޔޮޅު ރަޝީދު
ސީހޯސް ދޯނި ފާހަގަ ކުރެވިފައިވަނީ މިފަދަ ކަންކަމުގައި އަބަދުވެސް ރަށުގެ ރައްޔިތުންނަށްވެސް އެހީތެރިވާ ބައެއްގެ ގޮތުގައެވެ. އެގޮތުން ސީހޯސް ދޯނީގެ ފަޅުވެރިންގެ ފަރާތުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް 2 ޓަނުމަހަށް ވާ ފައިސާ ( 50,000 ) ރުފިޔާ ހަދިޔާ ކޮށްފައެވެ.

ސީިހޯސް ދޯނީގެ ކެޔޮޅު އަދި އޮޑިވެރިޔާ ރަޝީދު އަބްދުﷲ ހުވަދޫއަށް މީގެ ކުރިން ބުނީ މިފަދަ އެހީތެރިކަމެއް ދޯނީގެ ފަޅުވެރިންގެ ފަރާތުން ވެދިނުމަށް ނިންމުމަކީ އެއީ އެކަމަށްޓަކައި އަބަދުވެސް ފަހުރުވެރި ވާނޭކަމެއް ކަމަށެވެ. އެންމެ ފަހުން ރޯދަމަހުގައި އެދޯނިން ބާނާފައިވާ 4 ޓަނުގެ މަސް ވަނީ ރައްޔިތުންނަށް ބަހާފައެވެ. މިހާރުގެ އަގުން ނަމަ 4 ޓަނުމަހަކީ 100000 ( އެއްލައްކަ ރުފިޔާ ) އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.