1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތުއްތު ކުދިންނަށް ބޮޑުވަރުވާ ނުރައްކާތެރި ރޯގާއެއް ފެތުރެނީ ސަމާލުވޭ!

އ
ޑރ. ފައިސަލް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަޢުލޫމާތު ދެއްވަނީ- ފޮޓޯ: ޕީއެސްއެމް
ނަޞްރުﷲ އަފީފް
759ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި މިދުވަސްވަރު ނުރައްކާތެރި ރޯގާއެއް ވަރަށް ހަލުއިމިނެއްގައި ފެތުރެމުންދާކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާލުވެފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގައި ރޯގާ ވަރަށް ބާރު މިނެއްގައި ފެތުރެމުންދާ ކަމަށާއި، މި ރޯގާގައި ތުއްތު ކުދިން ކެއްސަމުންގޮސް ވަރުބަލިވެ ހިނދޭގޮތްވެސް ރޯގާގެ ސަބަބުން ވެއެވެ.

ރާއްޖޭގައި ކޮވިޑް19 ގެ ބަލިމަނޑުކަން ފެތުރެމުންދާ މި ދުވަސްވަރުގައި އަރިދަފުސް ރޯނގާއާއި އިންފްލުއެންޒާ އިތުރުވާން ފަށާފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން މާލެ ސަރަހައްދުގައި އިންފްލުއެންޒާ އޭ އަށް މިދިޔަ މަހު އެކަނިވެސް 68 ކޭސް ޕޮޒިޓިވްވެފައި ވެއެވެ.

300 × 250

ޑރ. ފައިސަލް އިއްުޔެ ވިދާޅުވީ، މިހާރު ފެތުރެމުންދާ ރޯގާގައި ތުއްތު ކުދިންނަށް ވަރަށް ބޮޑުވަރުވާ ކަމަށެވެ. ފައިސަލް މައުލޫމާތު ދެއްވާފއި ގޮތުން މިރޯގާ ޖެހުމުން ކުޑަކުދިން ކެއްސާކެއްސާ ގޮސް ވަރުބަލިވެ ހިނދޭގޮތްވެގެން ދެއެވެ.

ޑރ. ފައިސަލް ވަނީ، މި ރޯގާއިން ސަލާމަތް ވުމުގެ ގޮތުން ކުޑަކުދިން ނަގައި ގެން ގުޅޭއިރު، އަތް ދޮވުމަށް އެދިފައެވެ. އަދި ގެއިން ބޭރުން އައިސް އޮތް ދޮވުމާއި އެކު ރޯގާ ޖެހިފައި ހުރިނަމަ ގޭގެއަށް ނުދިއުމަށް ވެސް އެދިފައެވެ.

https://twitter.com/Faisalnaifaru/status/1446130113590923265?s=20

ރޯގާއިން ސަލާމަތްވުމަށް އިންފްލުއެންޒާ އާއި އެހެނިހެން ވެކްސިންތައް ޖެހުމަށްވެސް ފައިސަލް އިރުޝާދު ދެއްވައެވެ. އިންފްލުއެންޒާ އަކީ ވައިރަހަކުން ޖެހޭ ބައްޔަކަށް ވެފައި އޭގެ ތަފާތު ވައްތަރުގެ ތެރޭގައި އޭ، ބީ އަދި ސީ ހިމެނެއެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދަނީ އިންފްލުއެންޒާ އޭ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެެވެ. އިންފްލުއެންޒާ އޭ އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހިގެން މީގެ ކުރިން ރާއްޖޭގައި ބަޔަކު ނިޔާވެފައި ވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި