1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަސްޓަމްސްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފި

މަރްޔަމް ޝަފާ ސައީދު
329ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނުރަނގަޅު ވާހަކަތަކާ ގުޅިގެން، އެ މުއައްސަސާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ކަސްޓަމްސްއިން މިކަމާ ގުޅޭގޮތުން ހާއްސަ ނޫސްބަޔާނެއް ނެރެފައިވަނީ އެ މުއައްސަސާގެ އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައިފާސްކުރުމަކީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެ މުއައްސަސާއާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެކެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ބަނދަރުތަކުގައި ގާއިމުކޮށްފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، ލިބޭ މައުލޫމާތާއި ހޯދުންތަކަށް ރިއާޔަތްކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

މިގޮތަށް ބަލައިފާސްކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ބޯޑަރުން ހިފެހެއްޓުމާއި، ދިވެހި ރައްޔިތުންނާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި ސަރުކާރުން ބޯޑަރުގެ ސަލާމަތަށް ހާއްސަ އިސްކަމެއް ދެއްވާއިރު، ކަސްޓަމްސްއިން ދަނީ މި މަސައްކަތްތައް ހަރުދަނާކަމާއެކު ކުރަމުންނެވެ.

300 × 250

ކަސްޓަމްސް އިން ވިދާޅުވީ، އެ މުއައްސަސާގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށާއި، މުއައްސަސާއާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް، އެއްވެސް ފަރާތަކުން އަމަލުނުކުރެއްވުމަށް އިލްތިމާސްކުރަން." ބަޔާނުގައި ބުނެފައިވެއެވެ.

މި ދަނޑިވަޅަކީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނުހަނު ފާރަވެރިވަމުންދާ ވަގުތެއްކަން ފާހަގަކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި