އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރުއަދާކުރައްވައިފިއެވެ. އިސްރަށްވެހިންގެ ޖަމުޢިއްޔާއިން އެކަމަށް ޝުކުރު އަދާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު އިސްރަށްވެހިންގެ ޖަމުޢިއްޔާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި އިސްރަށްވެހިންގެ ޖަމިއްޔާގެ މެންބަރުން ވަނީ އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ އެކި ދަތިތަކާއި މެންބަރުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އަދި އިސްރަށްވެހިންގެ ނާދީ ޤާއިމުކޮށް ހުޅުވައިދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޖަމިއްޔާގެ ފަރާތުން ޝުކުރު އަދާކުރިއެވެ.
ބައްދަލުވުމުގައި އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ ތަނުގައި ހިންގާ ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، އަމިއްލަ ޖަމިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައްވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެވުނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.