ކުރީގެ ކުޅުންތެރިންނަށް ޚާއްޞަ ކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ އެފް.އޭ.އެމް ވެޓެރަންސް ލީގުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ މިއަދުގެ މެޗުގައި މުއިވެޔޮ އެފްސީއާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި، މުއިވެޔޮ އެފްސީގެ ކެޕްޓަންގެ ގޮތުގައި ކުޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މި މުބާރާތުގައި އިތުރު 3 މެޗެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ތާވަލުގައިވާ ގޮތުން، ސްޓެލްކޯ، އީގަލްސް އަދި ޕޮލިސް ކުލަބާ ދެކޮޅަށް މުއިވެޔޮ އެފްސީން ކުޅޭ މެޗުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ވެޓެރަންސް ލީގު ފެށިފައިވަނީ މި މަހުގެ ހޯމަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުޅެމުންދަނީ މާފަންނު ޓާފް ދަނޑުގައެވެ. މުބާރާތުގައި ބައިވެރިވާ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެމުންދާއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ގޮސް، ފައިނަލް މެޗު މި މަހުގެ 27 ވަނަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.