މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި އަހުމަދު އުސެއިދު އިބްރާހިމް އަފީފް ހެޔޮހާލުގައި ހުރިކަން ސީސީޓީވީ ފޫޓޭޖްތަކުން އެނގިއްޖެއެވެ. އަދި އޭނާގެ ވޮލެޓާއި ސްޓޫޑެންޓް އައިޑީކާޑު ވެސް ފެނިފައިވާ ކަމަށް އޭނާގެ ބައްޕަ އިބްރާހިމް އަފީފް ވަނީ ހާމަކޮށްފައެވެ. އުސެއިދު ގެއްން ނިކުމެފައިވަނީ މި މަހުގެ 2 ވަނަ ދުވަހުގެ 15:15 ގައެވެ. އޭނާ ގެއްލުނު ކަމަށް ނިންމައި ފުލުހުންނަށް އެކަން ރިޕޯޓް ކުރީ އެ ރޭގެ 22:00 ގައެވެ. "މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން، ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވޭ،" އުސެއިދުގެ ބައްޕަ ވިދާޅުވިއެވެ. އުސެއިދުގެ ބައްޕަގެ ޕޯސްޓުގައި ބުނެފައިވާގޮތުން، އުސެއިދު ގެއްލުނު ދުވަހުގެ 16:00 އެހާކަށްހާއިރު މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ދިޔަަ ކަމަށްވެއެވެ. ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށް ވުމާއެކު، އެމްބަސީގެ މުވައްޒަފަކާ ބައްދަލުނުވެ، ގާތްގަނޑަކަށް އެއް ގަޑިއިރު މަޑުކުރުމަށްފަހު އެތަނުން ނިކުމެފައިވާއިރު، އޭނާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު އެތަނުގައި ބާއްވާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ވ1

އުސައިދުގެ ވޮލެޓް

"އެކިއެކި ގްރޫޕްތަކުގައްޔާއި ، ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާމަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނެވެ. ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން، އެތާގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލަޓާއި ސްޓޫޑެންޓް ކާޑު ވަނީބޭއް ވިފައެވެ،" އުސައިދުގެ ބައްޕަ ކުރި ޕޯސްޓް

އިބްރާހިމް އަފީފް ވިދާޅުވި ގޮތުގައި، އިއްޔެ އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ސީސީޓީވީ ކެމެރާތައް ބެލިއިރު، އުސެއިދު ހެޔޮހާލުގައި ހުރިކަން ވަނީ ކަށަވަރުވެފައެވެ. އަދި މިއަދު 11:00 ގައި ހައިކޮމިޝަނުން އުސެއިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވެއެވެ. ކެމެރާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި އުސެއިދު ހުރީ ރަތް ކުލައިގެ ޓީޝާޓެއް ލައިގެންނެވެ.