1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި އުސެއިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި

ވ11
މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި ދިވެހި ދަރިވަރު އަހުމަދު އުސެއިދު
ޝާމިން ސަޢީދު
463ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި ދިވެހި ދަރިވަރު އަހުމަދު އުސެއިދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފިއެވެ.

މެލޭޝިޔާގެ މޮނާޝް ޔުނިވާސިޓީގައި ކިޔަވަމުންދާ އުސެއިދު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާގެ ބައްޕަ އަދި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ބ. އަތޮޅު ދާއިރާގެ މެމްބަރު އިބްރާހިމް އަފީފް ވިދާޅުވި ގޮތުގައި އުސެއިދު އެންމެ ފަހުން ފެނިފަހުން ފެނިފައިވަނީ އެ ދުވަހުގެ ހަވީރު 3:15 ހާއިރު އެވެ.

އަފީފް، 'މިހާރު' ނޫހަށް ވިދާޅުވެފައި ވަނީ، އުސެއިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި މެލޭޝިއާ ފުލުހުންގެ އެންގުމާ އެއްގޮތަށް އާއިލާ ވެސް މިހާރު ތިބީ އެ އިދާރާއަށް ހާޒިރުވެފަ އެވެ.

300 × 250

މައުލޫމާތު އެނގޭ މީހަކު ބުނެފައިވަނީ، އުސެއިދު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މެލޭޝިއާގެ ހޮޓަލެއްގެ ފަރާތުންނެވެ.

އުސެއިދު ހޯދުމަށް ކުރި މަސައްކަތުގައި، ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީއަށް ދިޔަކަން އެނގިފައިވާ ކަމަށް އޭނާގެ ބައްޕަ ވިދާޅުވެފައިވެއެވެ.

"އެ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި،" އަފީފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި