1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އޭސީސީގެ ތަހުގީގު ފެށުމާއެކު، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި

huka
އަލްއުސްތާޛު ހުސްނުއްސުޢޫދު
މަރްޔަމް ޝަފާ ސައީދު
176ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު އޭނާގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މި އިސްތިއުފާ ދެއްވާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުޢޫދު ހިމެނޭގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ފަށާފައިވަނިކޮށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޢޫދު މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، އެ ދުވަހުން ފެށިގެން އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާ ކަމަށެވެ.

300 × 250

ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ފޮނުވަންޖެހެނީ ޖޭއެސްސީގެ ރައީސަށެވެ. ނަމަވެސް ސުޢޫދު އިސްތިއުފާގެ ސިޓީ ފުރަތަމަ ފޮނުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ ސިޓީގައި ސުޢޫދު ފާހަގަކޮށްފައިވަނީ ކޯޓުތަކުގެ ޤާނޫނަށް ގެނެވުނު އިޞްލާޙާއި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާ ކަމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުޢޫދު އައްޔަންކުރެވުނީ 8 ޑިސެމްބަރު 2019 ގައެވެ. އޭނާ މި މަޤާމަށް އައްޔަންކުރެވުނީ ކުރީގެ ސަރުކާރުން އުފެއްދި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނަވަނިކޮށެވެ.

މިހާރު ސުޢޫދުގެ އިސްތިއުފާއާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ 6 އަށް މަދުވެފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ ތާރީޚުގައި އެކި ފަހަރުމަތިން ބަދަލުވެފައެވެ. މިގޮތުން 2008 ގެ ޤާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިޤާލީ ސުޕްރީމް ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ. 2010 ގައި 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނެވެ. 2014 ގައި އަދަދު 5 އަށް މަދުކުރެވުނު ނަމަވެސް، 2019 ގައި އަނެއްކާވެސް 7 އަށް އިތުރުކުރެވުނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި