ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ އެމްޑީޕީ ސަރުކާރުން ކަމަށާއި އެ ސަރުކާރުން ފަނޑިޔާރުންނާ ދެކޮޅަށް 56 ފިޔަވަޅު އެޅުއްވި ކަމަށް އުޝާމް ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް JSC އިން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު. ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން “ސްލޫކީވުން” ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެން. އުޝާމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 2018 ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 56 ފިޔަވަޅެއް ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވެއެވެ. އޭގެތެރޭގައި 8 ފަނޑިޔާރުން މަޤާމުން ވަކިކޮށް 3 ފަނޑިޔާރެއްގެ މަޤާމު ދަށްކޮށް، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވެއެވެ.
ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް
ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023ގެ ނިޔަލަށް
މަގާމުން ވަކިކުރި ފަނޑިޔާރުންގެ އަދަދު - 08 ސަސްޕެންޑުކުރި ފަނޑިޔާރުންގެ އަދަދު - 12 މަގާމު ދަށްކުރި ފަނޑިޔާރުންގެ އަދަދު - 3 ސްލޫކީ މައްސަލަތައް ސާބިތުވިކަމަށް ކަނޑައަޅައި ނަސޭހަތްދިން ފަނޑިޔާރުންގެ އަދަދު - 33 ޖުމްލަ - 56 ނޮވެމްބަރު 2023 އިން ފެށިގެން މިއަހަރުގެ ފެބުރުއަރީ މަހާ ހަމައަށް ފަނޑިޔާރުންނަށް އަޅާފައިވަނީ 5 ފިޔަވަޅެކެވެ. އެއީ 3 ފަނޑިޔާރަކު ސަސްޕެންޑުކޮށް ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަބަލައި ނެސޭހަތްދިނުމުގެ 2 މައްސަލައެވެ. މި ތަފާސް ހިސާބުތައް ހާމަކުރެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ސަރުކާރުން ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާކަމަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ހޮޅުދޫ ދާއިރާގެ މެންބަރު އަމިއްލަގޮތުން ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙެއްކަން ފާހަގަކުރެވެއެވެ. ސަރުކާރުން ހާމަކޮށްދީފައިވަނީ، އިންސާފަށް ޢަމަލުކުރުމުގައި ސަރުކާރުން އެއްވެސް މިންވަރެއްގެ ނުފޫޒު ނުފޯރުވާނެކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.