1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ރާވައިދޭނަން: މަޙްލޫފް

mahloof
ހުވަދޫ ނިއުސް ޓީމް
567ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެފްއޭއެމް އާއި ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް މިހާރަށްވުރެ ފަސޭހަގޮތެއްގައި ޓިކެޓު ލިބިގެންދާނެ ގޮތް ކުރިއަށްހުރި މެޗުތަކަށް ރާވައިދޭނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި، ޓިކެޓް ނުލިބުމުގެ ސަބަބުން އިއްޔެ ސަޕޯޓަރުންނަށް ދިމާވެގެންދިޔަ ދަތި އުނދަގުލަށް މަޢާފަށްއެދި ބުނެފައިވަނީ، އެފްއޭމެ އާއި ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް، މިހާރަށް ވުރެ ފަސޭހަކޮށް ކުރިއަށް ހުރި މެޗުތަކަށް ޓިކެޓު ލިބޭނެގޮތް ރާވައިދޭނެ ކަމަށެވެ.

https://twitter.com/AhmedMahloof/status/1447052185431252996

300 × 250

ގަލޮޅު ދަނޑު ސަރަހައްދުގައި އިއްޔެ ހެނދުނު ޓިކެޓު ވިއްކަން ފެށިތާ ގަޑިއިރެއް ނުވެ ޓިކެޓު ހުސްވި ކަމަށް ބުނެ ކައުންޓަރު ބަންދު ކުރިއެވެ. އެހާ އަވަހަށް 4،000 އެއްހާ ޓިކެޓް ހުސްވާނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ އެ ސަރަހައްދުގައި އެއްވެ ތިބި އާންމުން ނުރުހުން ފާޅުކޮށް އިހްތިޖާޖް ކުރަން ފެށިއެވެ.

މައްސަލަ ހޫނުވެ އެކަމާގުޅިގެން، އެފްއޭއެމްއިން ފަހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މެޗަށް ވިއްކާ 5،000 ޓިކެޓުގެ ތެރެެއިން 2،500 ޓިކެޓު ދޫކުރީ އެފްއޭއެމްއާއި ފުޓުބޯޅަ ކްލަބްތަކުގެ އިސް ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާ މީހުނާއި، ކުޅުންތެރިންގެ އާއިލާ މީހުނަށް ކަމަށެވެ.

އެހެންނަމަވެސް ފަހުން ރޭ ވަނީ އިޖްތިމާއީ މަރުކަޒު ސަރަހައްދުން އިތުރު 1،000 ޓިކެޓް ވިއްކާފައެވެ. އެއީ އޮފިޝަލުންނަށް ޚާއްސަ ކުރި ޓިކެޓްތަކުގެ ތެރެއިން 1،000 ޓިކެޓެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި