ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ނަމާލް ރާޖަޕަކްސާ، މިއަދު ދިވެހިރާއްޖެއާއި ސްރީލަންކާ ކުޅޭ މެޗުގައި ދެޓީމަށް ކާމިޔާބީއަށް އެދި ދިވެހި ބަހުން ޓުވީޓެއް ކުރައްވައިފިއެވެ. ދާދި ދެންމެއަކު ނަމާލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ކުޅޭ ފުޓުބޯޅަ މެޗު ބަލާލަން ރާއްޖެ އާދެވުނު ކަމީ އުފަލެއް ކަމަށެވެ. އަދި ކުޅުންތެރިން ދައްކާ ކުޅިވަރުގެ ރޫހަކީ ދެގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ރަޙްމަތްތެރިކަމުގެ ގުޅުމުގެ އަލިގަދަ ރަމްޒަކަށް ވާނެ ކަމަށެވެ. https://twitter.com/rajapaksanamal/status/1447144355354091528?s=21 މީގެ އިތުރުން ނަމާލް ރާޖަޕަކްސާގެ ޓުވީޓުގައި ދެޓީމަށްވެސް ކާމިޔާބީއަށް އެދޭކަމަށް ބުނެފައިވެއެވެ.
ނަމާލް ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަމާލަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މިއަދު ހަވީރު އޮންނަ މެޗަށްފަހު ނަމާލް މިރޭގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ލަންކާގެ މެޗް ބައްލަވާލެއްވުމަށް ނަމާލް ރާއްޖެ ވަޑައިގެންނެވިއިރު ލަންކާ އަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ. ލީގް އުސޫލުން ކުޅޭ މުބާރާތުގައި ފުރަތަމަ ދެމެޗުން ލަންކާ ވަނީ ބަލިވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.