މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު މިއަދު އިތުރުކޮށްފިއެވެ. މި އައު ނިންމުމާ އެކު، ރޯދަމަހުގައި ބަލިމީހުންނަށް ޒިޔާރަތްކުރެވޭނީ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑިރެކްޓަރ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ޒިޔާރަތްކުރާ ގަޑިތައް ވަނީ ބަދަލުކޮށް ވަގުތު އިތުރުކޮށްފައެވެ. މި ނިންމުން ތަންފީޒުކުރެވޭނީ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލްގައެވެ.
އާންމު ދުވަސްތަކުގައި، އައިޖީއެމްއެޗްގައި ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ވަގުތު ކަނޑައެޅިފައި އޮންނަނީ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ. ނަމަވެސް، މިފަހަރު ރަމަޟާން މަހާ ގުޅިގެން މި ވަގުތު މިވަނީ އިިތުރު 2ގަޑިއިރާއި ބައިގަޑިއިރު އިތުރުކޮށްފައެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.