މީގެ 23 އަހަރު ކުރިން ގދ ތިނަދޫގައި ހެދި ކުޅިވަރު ސްޓޭޑިއަމްގެ ސިޑިބަރީގައި ފުރަތަމަ ފަހަރަށް ގޮނޑި ހަރުކޮށް ކުޅިބަލަން ތިބުމަށް ބޭނުން ކުރެވޭގޮތަށް ހަދައިފިއެވެ.
މި މަސައްކަތާ ބެހޭގޮތުން "ހުވަދޫ މީޑިއާ" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސްޓޭޑިއައަމްގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އިބްރާހިމް ޝަފްރާޒް ވިދާޅުވީ ސްޓޭޑިއަމަށް ހެޔޮ ބަދަލެއް ގެނައުމަށް ސްޕޯޓްސް މިނިސްޓަރއާއެކު ކުރެވުމުންދާ މަޝްވަރާ ތަކަށް މިނިސްޓަރ ދެއްވާ އެއްބާރުލުމަކީ މި މަސައްކަތުގެ އެންމެ ބޮޑު އަސްލު ކަމަށާއި މިކަމާމެދު މަޝްވަރާ ކުރެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް މިނިސްްޓްރީން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުން ދެއްވި ކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން ގއ އާއި ގދ ގެ ކަންތައްތައް ބެއްލެވުމަށް ޙަވާލުވެ ވަޑައިގެން ހުންނަވާ ޑެޕިއެޓީ މިނިސްޓަރ ހުސައިން ރައުހަތު ޤުދުރަތުﷲ ކުރެއްވި މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަށް ވެސް ޝަފްރާޒް ވިދާޅުވިއެވެ.
ތިނަދޫ ސްޓޭޑިއަމް ތަރައްޤީ ކުރުމުގައި ގިނަ މަސައްކަތްތަކެއް ޕްލޭން ކުރެވި ހިނގަމުންދާތީ އެކަންތަކާ ގުޅިގެން ސުވާލު ކުރުވުމުން މިނިސްޓްރީ އޮފް ސްޕޯޓްސްގެ ޑެޕިއެޓީ މިނިސްޓަރ ހުސައިން ރައުހަތު ޤުދުރަތުﷲ ވިދާޅުވީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މިނިސްޓަރުގެ ވިސްނުންފުޅު ހުންނެވީ ސްޓޭޑިއަމަށް ވަރަށް ޒަމާނީ ކުރިއެރުން ގެންނަވަން ކަމަށެވެ. އެކަންކަމުގެ ބައެއް މަސައްކަތްތައް މިހާރުވެސް ފެށިފައިވާ ކަމަށާއި ސިޑިބަރީގައި ފަސޭހައިން ތިބެވޭގޮތަށް ގޮތް ހެދުމަކީ އޭގެ ތެރެއިން ކަމެއް ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.