ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މި އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.
އިބްރާހީމް ރަޝީދު ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަޤާމަށް އައްޔަންކުރެވުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ.
އިބްރާހިމް ރަޝީދުގެ އިސްތިއުފާއާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އޭނާގެ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ ބެލުމަށްފަހު، އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ކޮމިޓީން މި މައްސަލަ ބެލުމަށް ނިންމީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާ ގުޅިގެންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.