1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް އަންކާރާ ޔުނިވަރސިޓީއާއެކު މަޝްވަރާކޮށްފި

vaS
މިނިސްޓަރ މާރިޔާ "އަންކާރާ ޔުނިވަރސިޓީ" އާއިއެކު ބޭއްވެވި ބައްދަލުވުން.
މަރްޔަމް ޝަފާ ސައީދު
305ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި ތުރުކިޔޭގެ އަންކާރާ ޔުނިވަރސިޓީއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ވަރޗުއަލްކޮށް ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއި، ރާއްޖެއިން ތުރުކިޔޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ރަހީމް އަބްދުލް ލަތީފެވެ. އަދި އަންކަރާ ޔުނިވަރސިޓީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ޔުނިވަރސިޓީގެ ރެކްޓަރ ނެކްޑެޓް އުނުވަރ އެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އަންކާރާ ޔުނިވަރސިޓީއާ ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާގައި ރާއްޖެއިން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ދިރާސާތަކާއި، އީޖާދީ ގޮތްތަކާއި އަދި ތަމްރީންތައް ފޯރުކޮށްދީގެން ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރެވޭނެ ގޮތްތައް ހިމެނެއެވެ.

300 × 250

އަންކާރާ ޔުނިވަރސިޓީއަކީ ޖަނަވާރުންނަށް ޖެހޭ ބަލިތައް ދެނެގަނެ ފަރުވާދީ ބެލެހެއްޓުމުގައި ކާމިޔާބު ޔުނިވަރސިޓީއެކެވެ. އެ ޔުނިވަރސިޓީގައި ވެޓެރިނަރީ ފެސިލިޓީ ޤާއިމްކޮށްފައިވަނީ 1842 ވަނަ އަހަރުއެވެ. މި ބައްދަލުވުމުުވުމުގައި ވަޒީރު ޑރ. މާރިޔާ ވަނީ ޖަނަވާރުންނަށް ދޭ މިފަދަ ޚިދުމަތްތަކަށްވެސް އެ ޔުނިވަރސިޓީގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރައްވާފައެވެ.

https://twitter.com/MAAWmv/status/1899383805674156502?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1899383805674156502%7Ctwgr%5Efab2f0dd71d07ca2cd518dbeb5b0b6d41abda25e%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F154005

މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ރާއްޖޭގައި ޖަނަވާރުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން މިހާރު ވަނީ މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ޚާއްސަކޮށްގެން "އޮޅުހިޔާ" ގެ ނަމުގައި މުޅިން އަލަށް ފެސިލިޓީއެއް ޤާއިމްކޮށްފައެވެ. މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި