- ސުވާލު
ފަތިސް ނަމާދަށް ހޭލެވުނު އިރު، އިރު އަރަން ކައިރި ވެއްޖެ ނަމަ ދެން ނަމާދު ކުރާނީ އިރު އެރީމަތަ ނޫނީ ހަމަ ވީހާ އަވަހަކަށް ކުރާނީތަ؟
- ޖަވާބު

ފަތިސް ނަމާދަށް ހޭލެވުނު އިރު، އިރު އަރަން ކައިރި ވެއްޖެ ނަމަ ދެން ނަމާދު ކުރާނީ އިރު އެރީމަތަ ނޫނީ ހަމަ ވީހާ އަވަހަކަށް ކުރާނީތަ؟
ނިދުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ދޫވާ ނަމާދު ނިދިން ހޭލެވުނުހާ އަވަހަކަށް ނުވަތަ ހަނދާންވިހާ އަވަހަކަށް ކުރަންވާނެއެވެ. އެއީ ނަމާދު ކުރުން ނަހީ ވަޤުތެއްކަމުގައިވީނަމަވެސް މެއެވެ. ފަރުޟު ނަމާދެއްކަމުގައި ވިޔަސް ސުންނަތް ނަމާދެއްކަމުވިވިޔަސް އޮތީ މި ޙުކުމެވެ.
"ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެ މީހާ ހަނދާންވި އިރަކުން އެ ނަމާދު ކުރާށެވެ." "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢަޞްރުފަހުން ދެރަކްޢަތް ކުރައްވާތީ ފެނިވަޑައިގެން އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ ސުވާލުކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. “ޢަބްދުލްޤައިސް ގެ ގައުމުގެ މީހުން އިސްލާމްދީނާއިގެން ތިމަންކަލޭގެފާނު ގާތަށް އައުމުން މެންދުރުނަމާދު ފަހުގެ ދެރަކްޢަތަށް މަޝްޣޫލުވެވުނީއެވެ. އެހެންކަމުން ޢަޞުރުފަހުން އެދެރަކްޢަތް ކުރީއެވެ." ޤައިސް ބިން ޢަބްރުގެ ކިބައިން ރިވާވެގެންވެއެވެ. ފަތިސް ނަމާދުގެ ފަހުގައި މީހަކު ދެ ރަކްޢަތްކުރަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފެނިވަޑައިގަތެވެ. ޙަދީޘް ކުރެއްވިއެވެ. "ފަތިސް ނަމާދު ދެފަހަރަށް ކުރަނީހޭ،" އެމީހާ ބުންޏެވެ. ފަތިސްނަމާދުގެ ކުރީގެ ދެރަކްޢަތް ތިމަން ނުކުރަމެވެ. އެ ދެ ރަކްޢަތްކުރީއެވެ. ޤައިސް ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްޗެއް ވިދާޅުނުވެއެވެ. (އިޤްރާރުވެވަޑައިގަތެވެ/ އިންކާރު ނުކުރައްވައެވެ.)




ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.