ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަދު ރާއްޖޭގައި ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްވެރިންނަށް ޚާއްސަ ރޯދަވީއްލުމެއް ދެއްވައިފިއެވެ.
މި ރަމަޟާންމަހު ރައީސް ޑރ މުއިއްޒުގެ ދެކަނބަލުންގެ ފަރާތުން ރަސްމީ ހައިސިއްޔަތުން ދެއްވި ފުރަތަމަ ރޯދަވީއްލުން ކަމަށްވާ މި ހަފްލާގައި، ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިޙްތިރާމް އަދާކުރައްވާފައެވެ.
މުލީއާގޭގައި ބޭއްވި މި ރޯދަވީއްލުމުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހަމަމިއާއެކު މި ރޯދަވީއްލުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި ސަރުކާރުގެ އެހެނިހެން އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރޯދަވީއްލުމުން ރާއްޖެއާއި ބޭރު ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން ދިވެހިންގެ އެކުވެރިކަމާއި އިހުތިރާމާއި ގަދަރުކުރުންވެސް ހާމަކޮށްދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.