ސިއްޙީ ވުޒާރާއިން 4 ރަށެއްގެ ހޮސްޕިޓަލް އިމާރާތާއި 4 ރަށުގެ ސިއްޙީ މަރުކަޒު އިމާރާތެއްގެ އިތުރުން ކުޅުދުއްފުށި ސިޓީ ދަމަނަވެށި އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުގެ 3 ކުންފުންޏާ ހަވާލުކޮށްފިއެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއެވެ. އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހދ. ހަނިމާދޫ ހޮސްޕިޓަލް، އދ. މާމިގިލީ ހޮސްޕިޓަލް، ކުޅުދުއްފުށި ދަމަނަވެށި އަދި ކ. ގާފަރު ސިއްޙީ މަރުކަޒު އިމާރާތް އެޅުމުގެ މަސައްކަތެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފްއެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ތ. ވިލުފުށި ހޮސްޕިޓަލް، ވ. ފެލިދޫ ހޮސްޕިޓަލް، ށ. މާއުނގޫދޫ ސިއްޙީ މަރުކަޒު އަދި ނ. ފޮއްދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ. ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ހދ. މަކުނުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ މިއީ އެ ރަށްތަކާއި ސަރަޙައްދުތަކުގައި ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ފެށޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ ވަޢުދުފުޅެއް ފުއްދުމަށް ކުރެވޭ މަސައްކަތެއްކަމަށްވެސް ވިދާޅުވިއެވެ. ނިންމާ ޚިދުމަތް ފަށާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަސައްކަތް ހަވާލުކުރި ރަށްތައް:
- ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
- ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
- ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
- ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
- ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ ކޮންޓްރެކްޓަރ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
މި މަޝްރޫޢުތަކުގެ ތެރެއިން 4 ހޮސްޕިޓަލް އިމާރާތްކުރެވޭއިރު، 5 ސިއްޙީ މަރުކަޒާއި އެއް ދަމަނަވެށި އިމާރާތް ކުރެވޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.