މާލޭގައި ހުންނަ ފިހާރައެއްގެ ވަތްގަނޑުން ގިނަ އަދަދެއްގެ ފައިސާއާއި މުދާ ވަގަށްނެގި ކަމުގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ 24 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ހައްޔަރުކުރި މީހާއަކީ ވިޖެންދްރާ ވަޑުގެ ނިރާޝާ ރަސާލީ އެވެ.
މި މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، މާލޭގެ މަޖީދީމަގުގައި ހުންނަ ފިހާރައެއްގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު، ފިހާރައިން ގިނަ އަދަދެއްގެ ފައިސާއާއި މުދާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަހަރުގެ ޖެނުއަރީ މަހު 8 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުންގެ ތަޙުޤީޤަށް ލިބިފައިވާ ހެކިތަކުގެ ތެރޭގައި، ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާ މަންޒަރު ސީސީޓީވީ ކެމެރާތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރު ތަޙުޤީޤުތައް ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.