1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ފޯރިގަދަ ކުޅުމަކަށްފަހު އެންމެ ފަހުގެ ޗެމްޕިއަން ހުޓިކޮޑާ ބަލިކޮށް ރެމްޕޭޖުން މުބާރާތުގެ ތަށި ހޯދައިފި

IMG_2146
އަހުމަދު ލަޔާން
470ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ ގެމަނަފުށީ ކައުންސިލް ވެޓަރަންސް ކަޕް 2025 ގެ ޗެމްޕިއަންކަން  ގއ ކޮނޑޭ ރެމްޕޭޖުން ހޯދައިފިއެވެ.

ގއ ގެމަނަފުށި ރަސްމީ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗް ރެމްޕޭޖުން ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން ހުޓިކޮޑާގެ މައްޗަށް  2-1 ގެ ނަތީއްޖާއިން  ކުރިހޯދައިގެންނެވެ.

މެޗު ފެށުމުގެ ކުރިންވެސް މި މެޗަކީ ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވިފައިވާ މެޗެކެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ހުޓިކޮޑާ އެވެ. އަނެއްކޮޅުން ރެމްޕޭޖަކީ ރަށުން ބޭރުން ވާދަކުރި ޓީމެވެ.

300 × 250

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ މިނެޓުން ފެށިގެން ދެޓީމުންވެސް ދިޔައީ ނުރައްކާތެރި ހަމަލާތައް ފޮނުވަމުންނެވެ. ދެޓީމްގެ ކީޕަރުންގެ ފަރާތުން ވެސް މޮޅު ސޭވްތަކެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 އިންނެވެ.

ދެވަނަ ހާފްގައިވެސް 2 ޓީމްގެ ފަރާތުން ވަރަށް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ ހުޓިކޮޑާއިންނެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރު 4 ޖަމްބެއެވެ. މިއީ ޖަމްބެ މިމުބާރާތުގައި ކާމިޔާބު ކުރި 17 ވަނަ ލަނޑެވެ.

ހުޓިކޮޑާގެ ގޯލާއިއެކު ރެމްޕޭޖުން ކުރިއަށްޖެހި ނުރައްކާތެރި ހަމަލާތައް ދިޔައީ ފޮނުވަމުންނެވެ. ހުޓިކޮޑާގެ ފަހަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި ރެމްޕޭޖަށް ހަމަހަމަ ކޮށްދިނީ އެޓީމް ގެ އެޓީމްގެ ޖޯޒީ ނަންބަރު 30 ނާހިދު ކާމިޔާބު ކުރި ގޯލުންނެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން  ރެމްޕޭޖަށް 5 ވަނަ ފައުލް އާއިއެކު ދުރު ޕެނަލްޓީއެއް ވަނީ ލިބިގެން ގޮސްފައެވެ. މިފައުލްއާއި އެކު އެޓީމްގެ 2 ވަނަ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ނާހިދުއެވެ.

35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ ވެޓަރަންސް މުބާރާތަކީ ގއ އަތޮޅުގައި ބާއްވާ މިފަދަ ފޯރިގަދަ މުބާރާތެވެ. މި މުބާރާތުގައި 7 ޓީމަކުން ވާދަކުރާއިރު ރަށުން ބޭރުން ގއ ކޮނޑޭ ވެޓަރަންސް ޓީމް ވަނީ ބައިވެރިވެފައެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި