1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގެސްޓްހައުސްއެއްގެ ވައިގޮޅިއަކުން ވެއްޓިފައި އޮތް މީހަކު ސަލާމަތްކޮށް، ފަރުވާދެނީ

79
ވައިގޮޅިއަކުން ވެއްޓިފައި އޮތް މީހަކު ސަލާމަތް ކޮށްފި / ފޮޓޯ؛އެސްއެސް، ފިޔެސްޕޭޖުން
ޝަފްޢަތު ، ހުވަދޫ މީޑީއާ
470ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެސިޓީގެ ގެސްޓުހައުސްއެއްގެ ވައިގޮޅިއަކުން ވެއްޓިފައި އޮތް މީހަކު ސަލާމަތް ކޮށްފިއެވެ.

ރޭ 2:30 ހާއިރު ހެންވޭރު އަސްރަފީމަގާއި ވައިލެޓްމަގު ގުޅޭ ކަންމަތީގައި ހުންނަ މީރުމާ ބިލްޑިންގ އާއި އެ އިމާރާތާ ޖެހިގެން ހުރި އިމާރާތާ ދޭތެރެއަށް ވެއްޓި، ޒަޚަމްވެފައި އޮތް މީހަކު ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭ 2:55 ގައި މާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ވައިގޮޅިއަކުން މީހަކު ވެއްޓިފައިވާ ކަމަށް ރިޕޯޓު ލިބިފައިވާކަމަށެވެ.

300 × 250

ފުލުހުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެ ސަރަހައްދަށް ފުލުހުންގެ ޓީމެއް ފޮނުވި ކަމަށެވެ. އަދި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

މި ހާދިސާ ހިނގި ސަރަހައްދަކީ މީރުމާ ބިލްޑިންގގެ ބިއްދޮށު ކަމަށްވާއިރު، އެ މީހާ ވެއްޓުނު ގޮތާ ބެހޭ އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި