ތިނަދޫ ސިޓީ ކައުންސިލްގެ އައު އޮފީސް ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިނަދޫ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ. މި މަޝްރޫޢަކީ ތިނަދޫ ސިޓީގެ އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ކައުންސިލުން ނެރުނު އިޢުލާނުގައި ވާގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޭޕްރީލް 8 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ސިޓީިން ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ  މިމެއިލްއަށް. އަށް މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުމަށް އެދިފައިވެއެވެ. މަޢުލޫމާތު ކަރުދާސް، ބިޑަށް ރަޖިސްޓަރ ކުރާ ހުރިހާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޭޕްރީލް 21 ވާ ހޯމަ ދުވަހުގެ 11:30 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ކަމަށްވެސް ކައުންސިލުން އަންގާފައިވެއެވެ.

މި މަޝްރޫޢު ނިމުމުން، ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ކުރިއަށްގެންދެވޭ މަސައްކަތެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގިނަ ރަށެއްގެ ކައުންސިލްގެ އިދާރާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އޭޕްރީލް މަހުގައި ފެށޭނެއެވެ.