ގދ ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެފައިވަނީ ގއ ގެމަނަފުށިން ކޮވިޑް ޖެހިގެން އިތުރު ފަރުވާއަށް ތިނަދޫ އަށް ގެނައި މީހެކެެވެ.
ރޭ ފަތިހު 5:21 ހާއިރު ނިޔާވެފައިވަނީ 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 235 އަށް އެރީއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.