އއ. ތޮއްޑޫގެ ވަޅުމަގުކޮޅު ބީޗުގައި ބަރަހަނާކޮށް އުޅެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ރަޝިޔާގެ ފަތުރުވެރިއެއް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 15:00 ހާއިރުގައެވެ. އެގޮތުން ތޮއްޑޫގެ ގެސްޓްހައުސްއަކަށް އައިސްފައި ހުރި ފަތުރުވެރިއެއް ވަޅުމަގުކޮޅު ބީޗުގައި ބަރަހަނާކޮށް އުޅޭ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ސީނަށް ދިޔުމުން، އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފަ އެވެ. އަދި ހަމައެހެންމެ، ފުލުހުންނަށް އަނިޔާކޮށް، ފުލުހުންގެ ވެހިކަލަށްވެސް ގެއްލުން ދީފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.