މާލޭ މާފަންނު ފިހާރައަކަށް ވަދެ ކަޓަރަކުން ބިރު ދައްކައި، ސިނގިރޭޓާއި ފައިސާ ފޭރިގެންފި އެވެ. ފުލުހުން ބުނީ އިއްޔެ ހެނދުނު 9:25 ހާއިރުމާފަންނުގައި ހުންނަ ފިހާރައަކަށް ދެމީހަކު ވަދެ، އެތަނުގެ ސޭޓަކަށް އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފޭރިގަތް ތަކެތީގެ ތެރޭގައި ސިނގިރޭޓާއި ފައިސާގެ އިތުރުން އެހެނިހެން ތަކެތިވެސް ހިމެނޭކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ފޭރިގަތް ތަކެތީގެ ޖުމްލަ އަގާއި ފައިސާގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައި ނުވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.