މަސައްކަތުގެ މާހައުލުގައި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން ނުހަނު މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ފަސްޓް ލޭޑީ ސާޖިދާ މިފަދައިން ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ސެމިނަރ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި، ނުތަނަވަސްކަމާއި، ރައްކާތެރިކަންނެތުން ފަދަ ކަންކަމަކީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަންތައްތައް ކަމަށެވެ. އެކަމަނާގެ ވާހަކަފުޅުގައި އެއްޓީމެއްގެ ގޮތުގައި މުވައްޒަފުން މަސައްކަތްކުރާއިރު، ހުރިހާ ކަމެއްގައިވެސް ޚިޔާލާއި މަޝްވަރާގައި އެކި ފެންވަރުގެ ވެރިން ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ފަރުދެއްގެވެސް ނަފްސާނީ ޙާލަތަކީ ފަރުވާތެރިވާންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.
"މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު ކުރުންތަކާއި، ނުތަނަވަސްކަމާއި، ރައްކާތެރިކަން ނެތުންފަދަ ކަންކަމީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަންތައް. މީގެއިތުރުން މި ދާއިރާއަކީ އިޖުތިމާޢީ އިލްމުގައި ވަރަށް ގިނަ ޢިލްމީ ދިރާސާތައް ކުރެވެމުންދާ ދާއިރާއެއް،" ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.