1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ޤައުމީ ޓީމް ކުޅޭ މެޗުތަކުގެ ޓީކެޓް ވިއްކުމުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް!

bangladesh_expatriates_looking_for_tickets_at_maldives
ހުވަދޫ ނިއުސް ޓީމް
803ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިޔާ ދިވެހިރާއްޖެ ވާދަކުރާ މެޗުގެ ޓިކެޓްވިކުމުގައި އެފް.އޭ.އެމް އިން އަމަލުކުރަމުންދާ ގޮތާއިމެދު ދިވެހި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ބުދަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މެޗަށް ދިވެހި ޓީމުގެ ސަޕޯޓަރުންނައް ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. އަވޭ ޓީމުގެ ސަޕޯޓަރުންނަށް 200 ޓިކެޓެވެ. ބާކީ 1800 ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކުޅުންތެރިންގެ އާއިލާތަކަށް ، ކުލަބުތަކަށް އަދި މުބާރާތުގެ ސްޕޮންސަރުންނަށް ހާއްސަ ކުރެވިފައެވެ.

ސޯޝަލް މީޑިޔާގެ އެކި އެކި ޕްލެޓްފޯތަކުގައި ދިވެހިފުޓްބޯޅަޔަށް މަރުދޭ ސަޕޯޓަރުން އުފައްދަމުންދާ ސުވާލުތައް ވަރަށް ގިނައެވެ.

300 × 250

ސްކޮޑުގައި ހިމެނޭ ( 24 ކުޅުންތެރިން ، 07 އޮފިޝަލުން ) އާއިލާއާއި ރައްޓެހިންނައް އެފް.އޭ.އެމް އިން އެބުނާ 1800 ޓިކެޓްގެ ތެރެއިން ރިޒާވް ކުރެވިފައިވަނީ ކިތައް ޓިކެޓް ތޯ އެވެ.؟

ސްޕޮންސަރުންނަށް އެމީހުންގެ މުވައްޒަފުންނަށާއި ރައްޓެހިންނަށް އެފް.އޭ.އެމް އިން އެބުނާ 1800 ޓިކެޓްގެ ތެރެއިން ރިޒާވް ކުރެވިފައިވަނީ ކިތައް ޓިކެޓް ތޯ އެވެ.؟

ކޮންމެ ކުލަބަކަށް އެފް.އޭ.އެމް އިން އެބުނާ 1800 ޓިކެޓްގެ ތެރެއިން ރިޒާވް ކުރެވިފައިވަނީ ކިތައް ޓިކެޓް ތޯ އެވެ.؟ އަދި އެކުލަބް ތަކަކީ ފުތަރަމަ ޑިވިޝަންގައި ވާދަކުރާ ކުލަބުތައް އެކަނި ތޯ އެވެ.؟ ނުވަތަ އެފް.އޭ.އެމްގައި ރަޖިސްޓަރީ ވެފައިވާ ހުރިހާ ކުލަބެއްތޯ އެވެ.؟

މިހުރިހާ ސުވާލު ތަކަކާއި އެކު ވެސް ގަބޫލްކުރަންޖެހޭ ހަގީގަތަކީ ޤައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ އާއިލާތަކަށް ޓިކެޓް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައި އޮންނަން ޖެހެއެވެ.

ހަމަ އެފަދައިން ކުލަބުތަކާއި ސްޕޮންސަރުންނައްވެސް އެފަދަ ފަސޭހަ އިންތިޒާމުތަކެއް ރޭވިފައި އޮތުމާއިމެދު ސަޕޯޓަރުންގެ އެއްވެސް ހިންހަމަ ނުޖެހުމެއް ނެތެވެ. ސަބަބަކީ އެފަރާތްތަކުންވެސް ދަނޑަށް ވަންނަނީ ހަމަ ޔަގީނުންވެސް ދިވެހިޓީމަށް ހިއްވަރުދީ ސަޕޯޓްކުރުމަށް ކަމުގައި ގަބޫލުކުރެވޭތީއެވެ.

ނަމަވެސް ސަޕޯޓަރުންގެ ޝަކުވާއަކީ ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ އަދަދު މިހާބޮޑަށް ކޮންްޓްރޯލް ކުރެވިފައިވާއިރު 5000 ޓިކެޓްގެ ތެރެއިން ތިންބައި ކުޅަ އެއްބައި ރިޒާވުކުރެވިފައި ވުމަކީ އެތަކެއް ގަޑިއިރެއް ކިޔުގައި ހުރެ ޓިކެޓްނަގައިގެން ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަންނަ ފަރާތަކަށް ވެވޭ ވަރަށްވެސް ބޮޑު ބޭއިންސާފެކަމަށް ވާތީއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި