މަޖިލީހާއި ފޮރިން މިނިސްޓްރީ އަކީ ޗުއްޓީއަށް ހުޅުވާ ތަންތަން ކަމަށާއި، ގާނޫނީ ހުސްކަމުގެ ވާހަކަ ދެއްކެވި ބޭފުޅުން މިހާރު ތިއްބެވީ ޖުއްބާގަ ކަމަށް ކުރީގެކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލިޖީ މިނިސްޓަރ ޑރ.މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

https://twitter.com/maleehjamal/status/1447810893316648962

މިމޭރުމުން ވާހަކަ ދައްކަވަމުން މަލީހް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ވިލާތުގައި ޗަރުކޭސް ކުޅުއްވަން އުޅުއްވާފައި ރާއްޖެ ވަޑައިގެން ޤައުމު ހިންގަން އުޅުމުގެ ސަގާފަތެއް އެމްޑީޕީއިން ތަޢާރަފުކުރަމުން ދާ ކަމަށާއި، މަޖިލީހާއި ފޮރިން މިނިސްޓްރީ އަކޫ ޗުއްޓީ އަށް ހުޅުވާ ތަންތަން ކަމަށެވެ. އަދި ގާނޫނީ ހުސްކަމުގެ ވާހަކަ ދެއްކެވި ބޭފުޅުން މިހާރު ތިއްބެވީ ޖުއްބާގައި ކަމަށްވެސް މަލީހްގެ ޓުވީޓުގައި ބުނެފައިވެއެވެ.

މަލީހް މިހެން ވިދާޅުވެފައިމިވަނީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ހުރުމަށްފަހު އައިސް މިއަދު މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމާއި ގުޅިގެންނެވެ.