1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގެވެށިއަނިޔާ ލިބޭ މީހުންނަށް ޚާއްޞަ ހިޔާއެއް، އައްޑޫސިޓީ ހިތަދޫގައި ގާއިމުކުރަނީ

hiy
މަރްޔަމް ޝަފާ ސައީދު
139ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގެވެށި އަނިޔާ އަދި ޖެންޑާ ބޭސްޑް ވަޔަލެންސްގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ހިޔާއެއް (ޑީވީ/ޖީބީވީ ޝެލްޓަރ) އައްޑޫ ސިޓީ ހިތަދޫގައި އެޅުމަށް ސަރުކާރުން އިއުލާން ކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުންނެވެ.

މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިކަމާ ގުޅޭގޮތުން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލާފައިވަނީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށެވެ. މި ބީލަމަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ކުރިއަށް ގެންދެވޭ ބީލަމެކެވެ.

300 × 250

ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ފައިސާ ދެއްކުމަށް ބަންޑޭރި ޕޭ މެދުވެރިކޮށް ނުވަތަ ކަނޑައެޅިފައިވާ ބޭންކް އެކައުންޓަށް އިލެކްޓްރޯނިކް ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

މި މަޝްރޫޢަކީ އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބޭނުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ. މި ހިޔާ އެޅުމުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 28 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މާލީ ވުޒާރާގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި، މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި