1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސާންތި އަވަހާރަވުމަކީ ދިވެހި ކުޅިވަރަށް އައި ހުސްކަމެއް: ރައީސް ޑރ މުއިއްޒު

5r
މަރުހޫމު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝާމިން ސަޢީދު
346ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސާންތީ އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ސާންތީ ވަނީ ކުޅިވަރުގެ ރޮނގުން، ވަކިން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައި ކަމަށެވެ.

"ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

300 × 250

ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކޯޗު ކަމަށްވާ ސާންތީ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދެވިތާ ދެތިން ދުވަސް ފަހުން، ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. ސާންތީގެ އަގުހުރި ޚިދުމަތްތަކުގެ ތެރޭގައި، ފުރަތަމަ ފަހަރަށް ދިވެހި ޤައުމީ ޓީމު ރަން މެޑަލް ހާސިލުކުރި ދުވަސްވަރު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކުރެއްވި މަސައްކަތް ހިމެނެއެވެ.

ސާންތީ ވަނީ ޔުނައިޓެޑް ވިކްޓްރީ އަދި އީގަލްސް ފަދަ ނަންހިނގާ ކުލަބުތަކަށް ކޯޗްކަން ކުރައްވާފައެވެ. މީގެއިތުރުން، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ސާންތީއަކީ މި ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

ކުޅިވަރުގެ ދާއިރާގައި ސާންތީ ދެމެހެއްޓެވި ޕްރޮފެޝަނަލް ކަމާއި، އެހެން ޓީމުތަކާއި ކުޅުންތެރިންނާމެދު ގެންގުޅުއްވި އިޙްތިރާމާއި ގާތްކަމުގެ ސަބަބުން، އެމަނިކުފާނަކީ މުޅި ކުޅިވަރުގެ އާއިލާގެ ލޯބިވެތި އަދި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި