1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަހަންނަށް އުފާވެރިކަމުގެ ޚަބަރު ތިޔަ ގެނެސްދިނީ މުސްލިމެއްގެ މަރުގެ ޚަބަރުން ހެއްޔެވެ!

sad
މަރްޔަމް ޝަފާ ސައީދު
426ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޝައިޚުލް އިސްލާމް އަޙްމަދު ބުނު ޢަބްދުލްޙަލީމް ބުނު ތައިމިއްޔާގެ އިސް ދަރިވަރު، އިމާމް އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

"އިބްނު ތައިމިއްޔާގެ ޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން އިބްނު ތައިމިއްޔާ އާއި ޢަދާވާތްތެރިވެ އުޅުނު މީހަކު މަރުވުމުން އެއުފާވެރި ޚަބަރު ގެނެސް ދިނުމަށް އަހަރެން އިބްނު ތައިމިއްޔާގެ އަރިހަށް ދިޔައީމެވެ. އެޢިލްމުވެރިއާގެ ޙަޔާތުގައި އޭނާވަނީ އިބްނު ތައިމިއްޔާ ޤަތުލު ކުރުމަށް ފަތުވާ ނެރެފައެވެ.

އަހަރެން މި ޚަބަރާއިގެން އިބްނު ތައިމިއްޔާގެ އަރިހަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަ ފޮދު އޮހޮރި، ތިމަންކަލޭގެފާނު އުފާވެރިކަމާއެކު އެޚަބަރު ގެނެސް ދެއްވީތީ ކޯފާވެވަޑައިގެން އެކަލޭގެފާނުގެ މޫނުފުޅު ރަތްވެގެން ދިޔައެވެ.
އަދި ވިދާޅުވިއެވެ.

300 × 250

"ތިބާ އަހަރެންނަށް އުފާވެރިކަމުގެ ޚަބަރު ތިޔަގެނެސްދެނީ މުސްލިމެއްގެ މަރުގެ ޚަބަރުން ހެއްޔެވެ!"

އެއަށްފަހު އިބްނު ތައިމިއްޔާ ތެދުވެ ވަޑައިގެންނެވިއެވެ. ތިމަން ބޭކަލުންވެސް އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ތެދުވީމެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އެ ޢިލްމުވެރިޔާގެ ގެއަށެވެ.

އެގެއަށް ވަޑައިގެން އެގޭގެ އަހުލުންނަށް ސަލާމް ކުރައްވައި، ތަޢުޒިޔާ ވިދާޅުވެ، އެބައިމީހުންގެ މައްޔިތާއަށް ހެޔޮދުޢާ ކުރެއްވިއެވެ. އަދި އެޢިލްމުވެރިޔާގެ ދަރިންނަށް ވިދާޅުވިއެވެ. ތިޔަ ކުދިންގެ ބައްޕައަށްފަހު އަހުރެންނަކީ ތިޔަކުދިންގެ ބައްޕައެވެ. ތިޔަ ކުދިންނަށް ބޭނުންވާ ކަމެއްވާނަމަ، އެކަމެއް އަހުރެންނަށް ދަންނަވާށެވެ.

މި ބަސްފުޅުތަކުގެ ސަބަބުން އެޢިލްމުވެރިޔާގެ ގޭގެ އަހުލުވެރިންނަށް ފުން އަސަރުތަކެއް ކުރުވިއެވެ. މަރުވި ޢިލްމުވެރިޔާވީ އިއްޔެ އިބްނުތައިމިއްޔާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކަމުގައެވެ. އެހެންނަމެވެސް މިއަދު އިބްނުތައިމިއްޔާ މިފަދަ ރީތި ބަސްތަކަކުން އޭނާގެ ދަރިންނާ މުޚާޠަބު ކުރައްވަނީއެވެ.

އެއީ ﷲގެ މި ވަޙީ ބަސްފުޅަށް ޢަމަލު ކުރެއްވުމުގެ ގޮތުންނެވެ. "އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ." (سورة فصلت:34)

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިފަދަ ނަމޫނާތަކުން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރިކުރުމަށް އެދޭނަމަ، މި ނަމޫނާތައް އަޅުގަނޑުމެންގެ ޢަމަލީ މައިދާނުގައި ފެންނަން ޖެހޭނެއެވެ.

(އިބްރަތްތެރި ވާހަކަ، އިތުރުއާލުންގެ ވާހަކައިން. ދިވަންއިސްލާމް، އިސްލާމްކޮމް)

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި