1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން މިއަދު އެދެނީ

l_2019_11_20_105913_ytmoz1pikjw3elb86cgnavx5u2shd94q7rf_EN_
ހުވަދޫ ނިއުސް ޓީމް
571ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ


އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިޔާއާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ހޯދަން މިއަދު ޑިފެންސް މިނިސްޓްރީގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެދޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަމުން ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖެއިން އިންޑިޔާއާއެކު ހަދަމުންދާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށާއި، އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރިގެ ޑިފެންސްމިނިސްޓަރު އާދަމް ޝަރީފް ހުށަހެޅުއްވުމުންނެވެ.

300 × 250

މިދިޔަ މަހު ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ރާއްޖެއާއި އިންޑިއާއަކީ ރަހުމަތްތެރި ދެގައުމަށްވާއިރު ދެގައުމުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި އެކުވެރިކަމަށް ބުރޫއަރާ ފަދަ ކަންކަން ވެގެންދިއުމަކީ ގައުމުގެ ރައްޔިތުންނާއި އިންޑިއާ ކަނޑުގެ ސަލާމާތާއި ރައްކާތެރިކަން ގެއްލިގެންދާނެ ކަމެއްކަމަށެވެ.

އެހެންވެ ގައުމީ ސަލާމަތާއި މިނިވަންކަމަށް ނުރައްކާވާ ފަދަ ކަމެއް ނެތްކަން ކަށަވަރު ކުރުމަށް، އެ އެއްބަސްވުމުގެ އަސްލު ހޯދައި 241 ކޮމިޓީން އެ ދިރާސާ ކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް މަޖިލީހުގެެ ރިޔާސަތުގައި އިންނަވައި ނަޝީދު މިއަދު ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި އޮތް އެއްޗެއް އޮޅުން ފިލުވުމަށް އާދަމް ޝަރީފު އެދިވަޑައިގަންނަވާފައިވާ ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށެވެ.

"އެއީ އެއްވެސް ހާލެއްގައި ފޮރުވިފައި އޮތް ސިއްރެއް ނޫން. އެއީ ދިވެހި ދައުލަތުގެ އެގްރީމެންޓެއް، ދޭދޭ ގައުމަކާ އެކީގައި ކުރެވިފައިވާ. ސިއްރެއްގެ ގޮތެއްގައެއް ނޫން ދައުލަތުން އެ ކަން ކުރަމުން ގެންދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހިމަނާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮން ދަނީ ބުނަމުންނެވެ. އުތުރު ތިލަފަޅު އެއްބަސްވުން ކަމަށް ބުނާ އެއްބަސްވުމެއް މި ފަހުން ލީކު ވެސް ކޮށްލާފައިވާއިރު، އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.







300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި