1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްޓޫޑެންޓް ލޯނަށް ގެންނެވި ބަދަލު: އިލްމުވެރިންގެ ތަޢުރީފު ރައީސަށް!

WhatsApp Image 2025-03-28 at 15.56.47 (1)
ސްޓޫޑަންޓް ލޯނަށް ގެންނެވި ބަދަލާއި ގުޅިގެން ޢިލްމުވެރިންގެ ތަޢުރީފު ރައީސަށް
ފާތިމަތު އިޝާ
742ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްލާމީ ޝަރީޢާއާ އެއްގޮތަށް ސްޓޫޑެންޓް ލޯނުތައް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ތަޢުރީފު ކުރައްވައިފިއެވެ.

މި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ރޭގެ ވަގުތެއްގައި ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

300 × 250

މި ނިންމެވުމުގެ ދަށުން، ސްޓޫޑެންޓް ލޯނުތަކުގައި ހިމެނޭ 1% އެޑްމިނިސްޓްރޭޓިވް ފީ އުވާލުމަށާއި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ނުނެގުމަށް ރައީސް ވަނީ އަންގަވާފައެވެ. އަދި ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނު އަދަދުތައް ވެސް މި އުސޫލާ އެއްގޮތަށް އަލުން ބަދަލުކުރުމަށް އަންގަވާފައިވެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވަނީ މިއީ ދީނަށް ލޯބިކުރާ ކޮންމެ މީހަކު އުފާވާނެ ކަމެއް ކަމަށެވެ. އަދި ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ވިދާޅުވެފައިވަނީ މިއީ އިސްލާމީ އުސޫލަށް ކަންކަން ބައްޓަންކުރެއްވުމުގައި ރައީސް އެޅުއްވި ވަރަށް ހެޔޮ ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން، ޝައިޚް ޝަފީޢު ޢަބްދުﷲ ވެސް ވަނީ މި ނިންމެވުމަށް ތަޢުރީފުކުރައްވާ، މިއީ ދިވެހި ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ޚަބަރެއް ކަމުގައި ވިދާޅުވެފައެވެ.

މިދިޔަ އަހަރު ސަރުކާރުން ދޫކުރި ސްޓޫޑެންޓް ލޯނު 1,015 ދަރިވަރަކަށް ލިބިފައިވާއިރު، އެއީ އަސްލު 500 ދަރިވަރަކަށް ދޫކުރަން ނިންމާފައިވާ ލޯނު ޕްރޮގްރާމެކެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ ޝަރުޠު ހަމަވާ އެންމެންނަށް ލޯނު ދޫކުރުމަށް ނިންމަވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި