ދިވެހިރާއްޖޭގެ ނަންމަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިދުރީސް ހުސައިނާއި ޑރ. އިލްޔާސް ހުސައިންގެ މަންމަ، އައްޑޫސިޓީ ހިތަދޫ ދިލްކަޝްގެ އައިޝަތު ދިޔެ (91 އަހަރު) ދިޔެ ނިޔާވެއްޖެއވެ. އައިޝަތު ދިޔެ ނިޔާވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އާއިލާގެ ފަރާތުން މަޢުލޫމާތު ލިިބިފައިވާ ގޮތުގައި، އައިޝަތު ދިޔެގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި އިރު، އެކަމަނާގެ ދަރިކަލުން ޑރ. އިލްޔާސް ހުސައިން ވެސް ހުންނެވީ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެން، ޢަރަފާތު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ ޢުމްރާވެރިންނާއެކު މައްކާގައެވެ. މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އެކަމަނާ ނިޔާވީ ދަރިކަލުންނާ ބައްދަލުކުރެއްވުމަށްފަހު، މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
މަރްޙޫމާ އައިޝަތު ދިޔެގެ ހަށިކޮޅުގެ ކަށު ނަމާދު އޮންނާނީ މިއަދު ހެނދުނު ފިޠުރު އީދު ނަމާދަށްފަހު އައްޑޫ ސިޓީ ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް) ގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.