ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން އަދި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ރާއްޖޭގެ 10 ރަށެއްގައި ޢީދު ސައި ބާއްވައިފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އެކި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެންނެވެ. މިގޮތުން ޢީދު ސައި ބޭއްވި ރަށްތަކުގެ ތެރޭގައި

  1. ރ. މީދޫ،
  2. މ. މުލި،
  3. ގއ. ގެމަނަފުށި،
  4. ހއ. ދިއްދޫ،
  5. އދ. މަހިބަދޫ،
  6. ލ. ފޮނަދޫ،
  7. ވ. ކެޔޮދޫ،
  8. ސ. ހުޅުމީދޫ،
  9. ނ. ފޮއްދޫ,
  10. ދ. ބަނޑިދޫ

މިއަހަރުގެ ޢީދު ސައިގެ ހަރަކާތްތައް ވަނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތަށް 10 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ރޭވިފައެވެ. މިއީ އެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން ބައެކެވެ. ފާއިތުވި އަހަރު ބީއެމްއެލް އިސްލާމިކް އިން ވަނީ ރާއްޖޭގެ 6 ރަށެއްގައި ޢީދު ސައި ބާއްވާފައެވެ. މިއަހަރު އިތުރު 4 ރަށެއް ހިމަނައި، ޖުމްލަ 10 ރަށަކަށް މި ހަރަކާތް ފުޅާކޮށްފައިވާކަން ފާހަގަކުރެވެއެވެ.